ޔޫކޭގައި ކޮވިޑް ވެކްސިން ދިން ބައެއްގެ ގައިން އެލާޖިކް ރިއެކްޝަނެއް ފެނިއްޖެއެވެ.
ޔޫކޭ އިން ކޮވިޑް ވެކްސިން ފައިޒާ ދޭން ފަށާފައިވާ އިރު، މިހާތަނަށް ވެކްސިން ދީފައިވާ މީހުންގެ ތެރެއިން ދެމީހެއްގެ ހަށިގަނޑުން ވަނީ އެލާޖިކް ވުމުގެ މައްސަލަ ފެންމަތިވެފައެވެ.
އެގައުމުގެ އޮފިޝަލުން ވަނީ އެ ދެމީހުންގެ ހަންގަނޑު ކެހުމާއި ނޭވާލާން އުނދަގޫވުން ފަދަ މައްސަލަ ފެނިފައިވާކަން ފާހަގަކޮށްފައެވެ. އަދި ލޭގެ ޕްރެޝަރަށްވެސް ބަދަލު އަންނަކަން ފާހަގަވެފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ޔޫކޭގެ ސިއްހީ ފަރާތްތަކުން ވަނީ ކޮވިޑް ވެކްސިން ދިނުމުގައި މީގެކުރިން އެލާޖިކް ރިއެކްޝަން ހުރި މީހުންނަށް ވެކްސިން ނުދޭން ލަފާދީފައެވެ.
ޔޫކޭގައި މިހާތަނަށް 1000 އަށްވުރެ ގިނަ މީހުންނަށް ވަނީ ފައިޒާ ވެކްސިން ދީފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ