ބަންގްލަދޭޝްގެ ދިދަ ހިފައިގެން ދުނިޔޭގެ ގިނަ ގައުމުތަކަށް ދަތުރުކުރަމުން އަންނަ "ފްލެގް ގާލް"ގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ނަޖުމުއްނަހާރު ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
ދުނިޔޭގެ ރެކޯޑް ފޮތުގެ ޖާގަ ހޯދާފައިވާ ނަޖުމުއްނަހާރުގެ އަމާޒަކީ ދުނިޔޭގެ ސުލްހަ އަދި އަންހެނުންނާއި ކުޑަކުދިންނާއި ކުޑަކުދިން ކުރިއެރުވުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން 200 ގައުމަކަށް ޒިޔާރަތް ކުރުމެވެ. ރާއްޖެއަކީ އޭނާ ޒިޔާރަތްކުރި 144 ވަނަ ގައުމެވެ.
ނަޖުމުނަހާރުގެ މި މަސައްކަތްތައް ބައިނަލްއަގުވާމީ ޖަމާއަތްތަކުން ބަލައިގަނެ ހިތްވަރު ދިނުމުގެ ގޮތުން އިނާމުތަކާއި ޝަރަފުތައް ވަނީ އޭނާއަށް އަރުވައިފައެވެ. އެގޮތުން "ދަ ޕޯސް ޓޯޗް ބެއާ އެވޯޑް" ސަކްސެސްފުލް ވިމެން އެވޯޑް އަދި "ރެޑްކްރެސެންޓް މޯޓިވޭޝަނަލް އެވޯޑް" ވަނީ ލިބިފައެވެ.
ނަޖުމުއްނަހާރު މިހާރު ކުރަމުން އަންނަ މަސައްކަތަކީ ދުނިޔޭގެ ގައުމުތަކުގެ ޒުވާނުން ގުޅުވައިދިނުމަށް "އިންސްޕިރޭޝަން ގްލޯބަލް ޕްލޭޓްފޯމް" އެއް ގާއިމުކުރުމުގެ މަސައްކަތެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު