ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީޢެސްޖީއާއި އިސްތާންބޫލް ބަސަކްޝެހީރް ކުޅުނު މެޗުން ފެނުނީ ތަފާތު މަންޒަރެކެވެ. ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ދެޓީމެއް އެކުވެ، އެޅި މުހިއްމު ފިޔަވަޅެއްގެ މަންޒަރެވެ. މެޗުގައި ބަދަލު ރެފްރީކަން ކުރަން ހުރި ސެބަސްޓިއަން ކަލްޓެސްކޫ ބޭނުންކުރި ނަސްލީ ތަފާތުކުރުމުގެ ބަހެއްގެ ސަބަބުން އެކަމާ މުޅި ދަނޑު އިދިކޮޅު ހެދުން ވީ ހިތަށް ފިނިކަން ގެނެސްދިން މަންޒަރެއް ކަމަށް ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފައެވެ.
ރޭ ކުޅުނު މެޗުގެ 14 ވަނަ މިނެޓުގައި މެޗުގެ ބަދަލު ރެފްރީ، ބަސަކްޝެހީރާގެ އެސިސްޓެންޓް ކޯޗު، ޕިއޭ ވެބީއަށް އަމާޒުކޮށް، ނަސްލީ ތަފާތުކުރުމުގެ ބަހެއް ބޭނުން ކުރިކަމަށް ކުޅުންތެރިންވެސް ވަނީ ބުނެފައެވެ. ބަދަލު ރެފްރީއާއި ވެބީއާ ދެމެދު ހަމަ ނުޖެހުންތަކެއް ހިނގާ ވެބޯއަށް ވަނީ މެޗުގައި ރަތް ކާޑުވެސް ދައްކައިފައެވެ.
އެ ރަތް ކާޑާއެކު މެޗުގެ ކޮންޓްރޯލް ރެފްރީ އަތުން ގެއްލި، މެޗުގެ ކުޅުން ހުއްޓާލަން ދެޓީމުގެ ކުޅުންތެރިންގެ ފަރާތުން ރެފްރީއަށް މަޖުބޫރުކުރިއެވެ. ދެޓީމުންވެސް ދަނޑުން ފައިބައިގެން ދިޔައީ މެޗުގެ ބާކީ ބަޔަށް ނުވިސްނައި ސީދާ ޑްރެސިން ރޫމަށެވެ. މަދަނީ ބަސް ނޭހުމެކެވެ.
ޔޫއެފާއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ކްލަބުތަކުގެ ވެރިންނާ ވާހަކަ ދައްކާފައިވާ ކަމަށާއި، ނިމިފައި ވަނީ އާ އޮފިޝަލުންނާއެކު މާދަމާ ރޭ މެޗުގެ 14 ވަނަ މިނެޓާ ހަމައިން، ކުޅުމަށް ކަމަށެވެ.
ގެރީ ލިނެކާ ސްޓޫޑިއޯގައި އިނދެ ބުނެފައި ވަނީ ދަނޑުން ފައިބައިގެން ދިޔުމަކީ ނަސްލީ ތަފާތުކުރުން ހުއްޓުވާލުމަށް ލިބުނު ހިތްވަރެއް ކަމަށާއެވެ.
އެތައް ފުޓުބޯޅަ ކުޅުންތެރިންވެސް ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އަޑު އުފުލާފައިވެއެވެ
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު