އޮކްސްފޯޑުން އުފެއްދި ކޮވިޑް ވެކްސިން ރައްކާތެރިކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ޔުނިވާސިޓީ އޮފް އޮކްސްްފޯޑުން އުފައްދާފައިވާ ކޮވިޑް ވެކްސިން އެންސްޓްރާޒެނެކާ ރައްކާތެރިކަމުގެ އިތުރުން ވެކްސިންގެ މަސައްކަތްވެސް ފުރިހަމަކަމަށް މިނިވަން ސައިންޓިސްޓުންތަކެއް ހެދި ދިރާސާއަކުން ވަނީ ދައްކައިފައެވެ.
ސައިންސުވެރިންގެ ދިރާސާއިން ވަނީ އުމުރުން 55 އަހަރުން ދަށުގެ މީހުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށްވެސް އެވެކްސިން މަސައްކަތް ކުރުމުގައި ފުރިހަމަކަމަށް ދައްކާފައިވާކަމަށް ބުނެފައެވެ.
އެދިރާސާގައި 20،000 މީހުންގެ ހަށިގަނޑު ބަލައި ތަހުލީލުކޮށްފައިވާކަމަށް ދިރާސާގެ ޓީމުން ވަނީ ބުނެފައެވެ.
ވެކްސިން ދިރާސާގެ ނަތީޖާ އިން ވަނީ އޮކްސްފޯޑްގެ ވެކްސިންގެ ފުރިހަމަކަމާއި ވެކްސިންގެ ސަބަބުން މީހެއްގެ ހާލު ގޯސްވެ ނުވަތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ނުޖެހޭނެކަމުގެ ޔަގީންކަން ލިބިފައި ކަމަށްއެސްޓްރާޒެނެކާގެ ސީއީއޯ ވަނީ ވިދާޅުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ