ޚަބަރު

ޑޮލަރު ގަންނަން ލިބޭ އަގު ކުޑަކުރުމަށް މަނިޓަރީ ގަވައިދު ތަންފީޒުކުރުމަށް ބޮންޑޭ ގޮވާލައިފި

އިބްރާހިމް ޒަކީ

1

ރާއްޖެ އަަންނަ ފަތުރުވެރިން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އައި ނަމަވެސް، ޑޮލަރުގެ އަގު ތިރިނުވާތީ ޑޮލަރުުގެ އަގު ތިރިކުރުމަށް މަނިޓަރީ ގަވައިދު ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)، މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ގޮވާލައްވައިފިއެވެ.

އެކަމަށް ގޮވާލައި ބޮންޑޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަނިޓަރީ އޮތޯރިޓީން ކަނޑައަޅާ އަގަށްވުރެ ބޮޑުކޮށް ބޭރު ފައިސާ ގަނެ ވިއްކުމަކީ މަނާކަމެއް ކަމަށެވެ. އެ ގަވައިދާ ހިލާފުވާ ފަރާތެއް އެ ކުށުގައި ހިމެނޭ ފައިސާގެ އަދަދުގެ ފަސްގުނަ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ބޭރު ފައިސާ ގަންނަ ފަރާތުން ވިއްކާ ފަރާތަށް ބަދަލުކުރި ރޭޓް، ފައިސާގެ ސީރިއަލް ނަމްބަރު، އަދި ވިއްކި ނުވަތަ ގަތް ފައިސާގެ ބާވަތް ހިމެނޭ ރަސީދެއް ދޭންވާނެ ކަމަށްވެސް އެ ގަވައިދާ ހަވާލާދީ ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ އިތުރަށް ވިދާޅުވީ ރިސޯޓުތަކާއި ސަރުކާރު ކުންފުނިތައް އިސްތިސްނާ ނުކޮށް، އެ މައުލޫމާތު އެމްއެމްއޭ އިން ބަލަހައްޓަން ޖެހޭނެ ކަމަށެވެ.

ކޮވިޑް 19 ގެ ލޮކްޑައުނަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލި ފަހުން މިހާރު ފަތުރުވެރިން ރާއްޖެ އައުން އިތުރުވެ، ކޮންމެ ދުވަހަކުވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ ރެކޯޑް އަދަދަކަށް އިތުރުވަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟