ކޮވިޑް ވެކްސިން "ކޮވިޝީލްޑް" އިންޑިއާގައި ބޭނުންކުރުމުގެ ހުއްދައަށް އެދިއްޖެ އެވެ.
އިންޑިއާގެ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ޔުނިވާސިޓީ އޮފް އޮކްސްފޯޑް އާއި ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދައަށް އެދި އިންޑިއާގެ ޑްރަގްސް ކޮންޓްރޯލާ ޖެނެރަލް އަށް ވަނީ ހުށަހަޅައިފައި ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެއެވެ.
ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އާއި އޮކްސްފޯޑްގެ އެސްޓަރާޒެނެކާ އިން ވަނީ ކޮވިޝީލްޑްގެ ޓެސްޓްތައް އިންޑިއާގެ އެކި ހިސާބުތަކުގައި ކުރިޔަށް ގެންގޮސްފައެވެ.
އިންޑިއާގެ ކައުންސިލް އޮފް މެޑިކާލް ރިސާޗް އިން ކޯ ސްޕޮންސާ ކޮށްގެން އެގައުމުގައި މިހާރުވެސް އަންނަނީ ކޮވިޝީލްޑްގެ ތިންވަނަ މަރުހަލާގެ ޓެސްޓުތައް ކުރިޔަށް ގެންދަމުންނެވެ.
އިންޑިއާގެ ޕޫނޭއަށް ނިސްބަތްވާ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އިން ވަނީ އެކުންފުނީގެ ވެކްސިންގެ ޓެސްޓުތަކެއް ޔޫކޭގެ އިތުރުން ބްރެޒިލްގައިވެސް ކުރިޔަށްގެންދާ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ