ކޮވިޑްގެ ހާލަތު ކޮންޓްރޯލް ކުރުމަށް ޖޯ ބައިޑަން ކުރައްވަން ނިންމަވައިފައިވާ މަސައްކަތްތަކަށް ވައިޓް ހައުސްގެ ވެކްސިން ޗީފް ތައުރީފު ކުރައްވައިފިއެވެ.
ޓްރަމްޕްގެ ސަރުކާރުން ކޮވިޑާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ވެކްސިން ކަންކަމުގެ އެންމެ އިސްވެރިޔާ މޮންސެފް ސްލައޯ ވަނީ ރައީސް ކަމަށް އިންތިހާބު ވެފައިވާ ޖޯ ބައިޑަން، ކޮވިޑް ކޮންޓްރޯލް ކުރުމަށް އެގައުމުގެ ރައްޔިތުން މާސްކު އެޅުމަށް ގޮވާލައްވާފައިވާތީ އެކަމަށް ތައުރީފުކޮށްފައެވެ.
މޮންސެފް ވަނީ ބައިޑަންގެ އެ ނިންމުމަކީ އެގައުމުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް ނައްތައިލުމަށް މުހިންމު ފިޔަވަޅެއް ކަމަށް ފާހަގަކުރައްވައިފައެވެ. އޭނާ ވަނީ ބައިޑަންގެ ޓްރާންސިޝަން ޓީމާ ބައްދަލު ކުރެއްވުމަށް ނިންމަވައިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ބައިޑަންގެ ސަރުކާރުން ވެކްސިންގެ ކަންކަން ހަމަޖައްސަމުން އަންނަ ގޮތުގެ މައުލޫމާތު ހޯއްދެވުމަށް ވެސް ވަނީ ނިންމަވައިފައެވެ.
އެމެރިކާގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ބައިޑަން ވަނީ ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު އެގައުމުގެ ރައްޔިތުންގެ ކިބައިން ފުރަތަމަ 100 ދުވަހު މާސްކު އެޅުމަށް އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ