އޮސްޓްރިއާގެ ހުރިހާ ރައްޔިތުން ކޮވިޑަށް ޓެސްޓު ކުރަން އެގައުމުން ނިންމައިފިއެވެ.

އޮސްޓްރިއާގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެގައުމުގެ މީޑިއާއިން ވަނީ ކުރިޔަށް އޮތް ފިނި މޫސުމުގެ ޗުއްޓީގައި އެގައުމުގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ހުރިހާ ޓެސްޓެއް ވެސް ހެދުމަށް ހަމަޖެހިފައިވަނީ ހިލެއެވެ.

ހައިރިސްކު ފަރާތްތަކަށް ޓެސްޓު ހެދުން މަޖުބޫރު ކޮށްފައިވާއިރު އެގައުމުގެ ޓީޗަރުންނާއި ފުލުހުންނަށްވެސް ޓެސްޓު ކުރުން މަޖުބޫރު ވާނެއެވެ.

ޑިސެމްބަރު 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އެޕްރޮގްރާމުގައި ނަތީޖާ ޕޮޒިޓިވް ވާ މީހުން 10 ދުވަހަށް ކަރަންޓީނު ކުރުމަށް އެގައުމުން ވަނީ ނިންމައިފައެވެ.