މަޝްހޫރު ބޮލީވުޑް ތަރި ސަނީ ޑެއޯލް ވެސް ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ސަނީ ޑެއޯލް މިކަން އާންމުކޮށްފައި ވަނީ އޭނާ ކުރި ޓުވީޓެއްގަ އެވެ.
ސަޕޯޓަރުންނަށް ދިން ޓުވީޓާ މެސެޖެއްގައި، ސަނީ ބުނީ ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން މި ވަގުތު އޭނާ ހުރީ އައިސޮލޭޝަންގައި ކަމަށާއި ހާލު ރަނގަޅު ކަމަށެވެ. މިދިޔަ ކުރު މުއްދަތުގެ ތެރޭގައި އޭނާއާ ބައްދަލުވި ހުރިހާ މީހުންވެސް އައިސޮލޭޓް ވެ ކޮވިޑަށް ޓެސްޓު ހެދުމަށް ސަނީގެ ޓުވީޓުގައި ވަނީ އެދިފައެވެ.
ދާދި ފަހުން ސަނީ ގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ދިޔައީ އެ އަނިޔާ ރަނގަޅުވަންދެން ކުއްލޫ ޑިސްޓްރިކްޓުގެ މަނާލީގައި ހުންނަ ފާމް ހައުސެއްގައި އަރާމުކުރަމުންނެވެ. ކޮވިޑަށް ޕޮޒިޓިވް ވިކަން އެނގިފައި މި ވަނީ ސަނީ އާއި އޭނާގެ އެކުވެރީން އެނބުރި މުމްބާއީއަށް ފުރަން ތައްޔާރުވެފައި ވަނިކޮށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިންޑިއާއަކީ ކޮވިޑް 19 އެންމެ ގަދަޔަށް ފެތުރެމުންދާ އެއް ގައުމެވެ. އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ބަލި އެއްވެސް ވަރަކަށް ކޮންޓްރޯލުވެސް ވެފައި ނުވާ އިރު، ބޮލީވުޑްގެ ގިނަ ތަރީން ދިރިއުޅޭ މަހާރާޝްތުރާއަކީ މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ސަރަހައްދެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް