ބޮލީވުޑްގެ މަޝްހޫރު ތަރީން ކަމަށްވާ ނީތޫ ކަޕޫރާއި ވަރުން ދަވަން އަދި ޑައިރެކްޓަރު ރާޖް މެހެތާ ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ތަރީންނަށް ކޮވިޑް ޖެހުނު ކަމަށް ބެލެވެނީ ދާދި ފަހުން ކުރިޔަށް ގެންދިޔަ ފިލްމު "ޖުގް ޖުގް ޖިޔޯ"ގެ ޝޫޓިން ގައި އުޅުނު އިރު އެވެ. މި ފިލްމުގައި ހަރަކާތްތެރިވާ މަޝްހޫރު އެހެން ތަރީންގެ ތެރޭގައި އަނިލް ކަޕޫރް އަދި ކިއާރާ އަދްވާނީ ވެސް ހިމެނެ އެވެ. އެހެން ނަމަވެސް މި ތަރީންނަށް ނުވަތަ ސެޓުގައި މަސައްކަތް ކުރި އެހެން މީހަކަށް ވެސް ކޮވިޑް ޖެހުނު ކަމަށް ރިޕޯޓުކޮށްފައެއް ނުވެއެވެ. އަނިލް ކަޕޫރް ވެސް ޕޮޒިޓިވް ވެފައިވާ ކަމަށް ކުރީން ހަބަރުތައް ފެތުރުނެވެ. ނަމަވެސް ފަހުން ވަނީ އެއީ ދޮގެއްކަން ކަށަވަރުވެފަ އެވެ.
މި ތަރީން ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ފިލްމުގެ ޝޫޓިންތައް މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ.
ބޮލީވުޑްގެ ފިލްމު ތަކާއި ސީރިސްތަކުގެ ޝޫޓިންތައް އެތައް މަހެއް ވާންދެން މެދުކަނޑާލައިފައި އޮތުމަށް ފަހު ޝޫޓިންތައް އަލުން ފަށާފައި ވަނީ މިދިޔަ ދެމަހެއްހައި ދުވަސް ތެރޭގަ އެވެ. އެ ގޮތުން ގިނަ ފިލްމުތައް މިދުވަސްވަރު ރިލީޒް ކުރަމުން އަންނަނީ ވެސް އޮންލައިން ޕްލެޓްފޯމްތަކުގަ އެވެ.
އިންޑިއާއަކީ މި ވަގުތުވެސް ކޮވިޑް އެންމެ ގަދަޔަށް ފެތުރެމުންދާ އެއް ގައުމެވެ. އަދި އޭގެ ތެރެއިންވެސް މަހާރާޝްތުރާ އަކީ އެ ގައުމުގައި މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ސަރަހައްދެވެ. މަހާރާޝްތުރާ ސްޓޭޓްގެ ވެރިކަން ކުރާ ސިޓީއަކީ އެންމެ ގިނަ ބޮލީވުޑް ތަރީން ދިރިއުޅޭ، އަދި ބޮލީވުޑްގެ ވެސް މައި ސިޓީ ކަމަށްވާ މުމްބާއީ ނުވަތަ ބޮމްބޭ އެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް