މާލޭގެ މަގެއްގެ މަތިން ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ދަނާލް ކައިރިން ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެގެން މިރޭ 7:17 ހާއިރު އެމްއެންޑީއެފްގެ ފަޔާ ޓީމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ކާރު އޮތް ސަރަހައްދަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ޓީމެއް ގޮސް އަލިފާންގަނޑު މިހާރު ނިއްވާލައިފައިވާ ކަމަށާއި އަލިފާން ރޯވީ ކާރުގެ އިންޖީނުގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު