ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ މުޅި ދުނިޔެއަށްވެސް އޮތް ބޮޑު ގޮންޖެހުމަކަށްވީ އިރު، އެ ގޮންޖެހުން އަރައިގަތުމަށް ދޭދޭ ގައުމުތަކުން މިހާރަށްވުރެ ބޮޑަށް އިންޓެލިޖަންސް ހިއްސާކޮށް ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ، އެމްއެންޑީއެފްގެ މެރިންސްއާ ގުޅިގެން، އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ހިންގި ކައުންޓާ ޓެރަރިސްޓް ކްލޯސް ކުއާޓާ ބެޓަލް ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
މިއަދު ހަވީރު ލ. ކައްދޫގައި ހުންނަ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިޔާ ކޮމާންޑްގެ މައި މަރުކަޒުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ،
ސަރުކާރުން އެކުލަވައިލައްވާފައިވާ ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭނުގެ ދަށުން ޒަރޫރީ ހާލަތެއްގައި ލީތަލް ރެސްޕޮންސް ނުވަތަ ހަތިޔާރާ އެކީ ކުރިމަތިލުމުގެ ބާރު މިހާރު ސިފައިންނަށް ދީފައިވާ ކަމަަށެވެ.
މިނިސްޓަރު ވިދާޅުވީ، ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ މުޅި ދުނިޔެއަށްވެސް އޮތް ބޮޑު ގޮންޖެހުމަކަށްވީއިރު އެ ގޮންޖެހުމުން އަރައިގަތުމަށް ދޭދޭ ގައުމުތަކުން މިހާރަށްވުރެ ބޮޑަށް އިންޓެލިޖަންސް ހިއްސާކޮށް ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށެވެ.
ރާއްޖެއަކީ ފަތުރުވެރި ކަމަށް ބަރޯސާ ގައުމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށާއި ދިވެހި ރައްޔިތުންނަށް އަމާން ސުލްހަވެރި ވެއްޓެއް ކަށަވަރުކުރުމަށް ކައުންޓާ ޓެރަރިސްޓް ކްލޯސް ކުއާޓާ ބެޓަލް ކޯހަކީ މުހިންމު ކޯހެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރަން ރޯޒްލާ އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި، ޖެނެރަލް އޮފިސަރުންނާއި ސެންޓްރަލް އޭރިޔާގެ ސިފައިންނާއި އިނގިރޭސިވިލާތުގެ ޓްރެއިނިން ޓީމުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު