ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކ. މާފުއްޓަށް އިއްޔެގެ ނިޔަލަށް 1100 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ކޮވިޑާ ގުޅިގެން ގެސްޓްހައުސްތައް މިދިޔަ މާޗު މަހުގެ 17 ވަނަ ދުވަހު ބަންދުކުރުމަށް ފަހު އަލުން ހުޅުވުމުގެ ހުއްދަ ދިނީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު "ވަން"އަށް މައުލޫމާތު ދެއްވަމުންވިދާޅުވީ، މިދިޔަ އޮކްޓޯބަރު މަހުގެ 15 އިން އިއްޔެގެ ނިޔަލަށް 1137 ފަތުރުވެރިން އެރަަށަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުގެ ގައުމުތަކުން ކަމަށް އުސްމާން ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މިހާތަނަށް 130 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ދީފައެވެ.
މާފުށީގައި 42 ގެސްޓްހައުސް ހުރި އިރު އޭގެ ތެރެއިން ނުވަ ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ މިހާރު ވަނީ ދީފައެވެ. އުސްމާން ވިދާޅުވީ، ބާކީ ހުރި ގެސްޓްހައުސްތައް ވެސް މިއަހަރުގެ ތެރޭގައި އޮޕަރޭޝަނަށް އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މާފުއްޓަކީ ރަށު ޓޫރިޒަމްގެ މައި ހަބަށް ވާއިރު، ރާއްޖޭގެ އެންމެ ބޮޑު ގެސްޓްހައުސް ވެސް މިހާރު ހުރީ މާފުށީގައެވެ. އެއީ ކާނި ގެސްޓްހައުސެވެ.
ޚަބަރު
ޚަބަރު
ޚަބަރު