Close
ޚަބަރު

ސްކޫލެއްގެ ދަރިވަރަކު އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ބަލަނީ

ސްކޫލެއްގެ ދަރިވަރަކު އަންހެން ކުއްޖަކު ރޭޕް ކުރިކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފިއެވެ.

މާލޭގެ ސްކޫލެއްގެ ދަރުވަރަކު އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް އެއްބަސްވެފައިވާ ޗެޓް ލޮގްތަކެއްގެ ސްކްރީން ޝޮޓްތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް ގެނައި ދުވަހުން ފެށިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އެފަދަ މައްސަލަތަކަކީ މިނިސްޓްރީން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެއް ކަމަށެވެ.

މި މައްސަލަ ފުލުހުންނާއި ޖެންޑާއިން ބަލަމުން އަންނަ ކަމެއް ސާފެއް ނުވެއެވެ.

އަންހެން ކުއްޖާ ރޭޕް ކޮށްފައިވާ ކަމަށް އެއްބަސްވެފައިވާ އިރު، އެ ފިރިހެން ކުއްޖާ އެކަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށް ބައެއް ޗެޓް ލޮގްތަކުގައި އޭނާ ބުނެފައިވެއެވެ.