ހުޅުމާލެ އިން ކަރަންޓު ކެނޑުނުތާ ތިން ގަޑިއިރަށްވުރެ ގިނައިރުވެފައިވާ އިރު، އަދިވެސް ބައެއް ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ހުޅުމާލެ އިން ކަރަންޓު ކެނޑިފައިވަނީ މިއަދު މެންދުރުފަހު 2:30 ހާއިރުއެވެ. ސްޓެލްކޯ އިން ބުނީ ހުޅުމާލެ އިން ކަރަންޓް ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ހުޅުމާލޭގެ ބޮޑު ބަޔަކަށް މިހާރު ކަރަންޓު ދެވިފައިވާ ކަމަށާއި އަދި ކަރަންޓު ނުދެވި ހުރި ސަރަހައްދުތަކަށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށް ސްޓެލްކޯއިން ބުންޏެވެ.