ބޮޑެތި މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ބަންޑާރަ ބިންތަކުގެ ކުލި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ބަލައިގަތުން ހުއްޓާލައިފި އެވެ.
މީރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގެ އިދާރާ ދާއިރާތައް ލާމަރުކަޒީީ އުސޫލުން ހިންގުމުގެ ގާނޫނުއަށް ގެނައި އަށްވަނަ އިސްލާހުގެ ދަށުން ބޮޑެތި މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ބަންޑާރަ ބިމުން ނަގާ ބިމު ކުއްޔަކީ ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
މީރާއިން ބުނީ، އެ އިސްލާހު ގެނެސްފައިވާތީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ލަފަޔާއެކު، އެފަދަ ބިންތަކުގެ ކުލީގެ ގޮތުގައި އެ އޮތޯރިޓީއަށް ބަަލައިގަންނަމުން އައި ފައިސާ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބަލައިގަތުން ހުއްޓައިލުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ އިތުރުން މީރާއިން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކުގެ ކުލި ބަލައިގަންނާނީ އެ ކައުންސިލްތަކުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު