މިމަހުގެ ނިޔަލަށް ނިންމާލަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާ، ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުން އަންނަ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހާ ހަމަޔަށް ދަންމައިލުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އައްސަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރުގައި ބަޔާންކޮށްފައި ވަނީ، މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޯގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރުމަހުގެ ނިޔަލަށް ކަމަށެވެ.
ގަވާދުގައި ބުނެފައިވާގޮތުން، މާދަމާއަކީ މަޖިލީހުގެ މިއަދައުރުގެ އެންމެ ފަހު ދުވަހެވެ.
ނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ، މިހާރު މަޖިލީހުގައި ކޮންމެހެން ނިންމަންޖެހޭ މުހިއްމު މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.
ހާއްސަ ގޮތެއްގައި ބަޖެޓްގެ މަސައްކަތް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެއާއެކު ބައެއް މުހިއްމު ބިލުތައްވެސް ފާހަގަ ކުރެއްވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ބަޖެޓްގެ ބަހުސް މިއަދު މަޖިލީހުގައި ފަށާއިރު، ފުލުހުންގެ ބިލުގެ މަސައްކަތް ސަބް ކޮމިޓީން ނިންމައި މިއަދު މައި ކޮމިޓީގައި ކުރިއަށްގެންގޮސް ނިންމާނެ ކަމަށެވެ. އަދި އިންތިގާލީ އިންސާފުގެ ބިލުގެ މަސައްކަތްވެސް ކޮމިޓީން ނިންމައި މަޖިލީހަށް ފޮނުވާފައިވާއިރު އެ މަސަައްކަތްވެސް މަޖިލީހުގެ މިއަދު ކުރިއަށްދާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ބަޖެޓާއެކު އެ ބިލު ތަކަކީވެސް މި ދައުރުގައި ނިންމަންޖެހޭ ބިލުތަކެއްކަމުން އަންނަ ޑިސެންބަރު މަހުގެ ހަތްވަނަ ދުވަހަކަށް މަޖިލީހުގެ ދައުރު ދައްމާލަން ބޭނުންވާ ކަމަށެވެ.
އެހެންކަމުން މިއަދު ޖަލްސާގެ ވޯޓަށްއަހާ ގަޑީގައި، މަޖިލީހުގެ ދައުރު ޑިސެމްބަރުމަހުގެ ހަތްވަނަ ދުވަހަށް ދައްމާލުމަށް ވޯޓަށް އައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް