ކ. ރަށްފަޅުހުރާގައި މަސައްކަތްކުރާ ބިދޭސީންތަކެއްގެ މެދުގައި ހަމަނުޖެހުން ހިންގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަށްފަޅު ހުރާގައި މަސައްކަތް ކުރާ ބިދޭސީންގެ މެދުގައި ހަމަނުޖެހުމެއް ހިނގާފައިވާކަމުގެ މައުލޫމާތެއް މިއަދު 1:20 ގައި ލިބިފައިވާ ކަމަށެވެ. އަދި އެ ރިޕޯޓާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުންޏެވެ.
ނަމަވެސް ހަމަނުޖެހުން ހިންގަން މެދުވެރިވި ސަބަބެއް، އެކަމުގައި ބައިވެރިވި މީހުންގެ އަދަދެއް އަދި އެ މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ރަށްފަޅުހުރާ ހިއްކައިގެން ހަތަރު ރަށެއް ތަރައްގީކުރަމުން އަންނަ އިރު، އެ ރަށްރަށުގައި 2،000 އަށްވުރެ ގިނަ މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު