ހުޅުމާލެ ފޭސް ދޭއްގައި ވަގުތީ ލޭބާ ވިލެޖެއް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމަަށް ހުޅުވާލައިފި އެވެ.
މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، އެމްއާރުޑީސީން ގެޒެޓުކޮށްފައިވާ މި އިއުލާނުގައި، ހުޅުމާލެ ފޭސް ދޭއްގައި ވަގުތީ ލޭބާ ވިލެޖު ހެދުމަށް އެ މަސައްކަތުގެ ފައިނޭންސް، ޑިޒައިން އަދި ބިލްޑިންގް އެޅުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތުން ބިޑަށް ހުށަހެޅުމަށް އެދިފައި ވެއެވެ.
އެގޮތުން މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޑިސެމްބަރު ތިންވަނަ ވާ ދުވަހުގެ 14:00ގެ ކުރިން ބިޑަށް ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް އެމްއާރުޑީސީން ބުނެއެވެ. ބިޑަށް ރަޖިސްޓްރީ ހުށަހެޅުމަށް [email protected] އަށް މެއިލް ކުރުމަށް އެމްއާރުޑީސީން އެދެއެވެ. މެއިލް ފޮނުވާއިރު މެއިލްގައި ކުންފުނީގެ ނަން، ޕްރޮޖެކްޓް ނަން، އިންވިޓޭޝަން ނަންބަރު، ކުންފުނީގެ ކޮންޓެކްޓް ނަންބަރު އަދި ކުންފުނިން މުއާމަލާތް ކުރާނެ މީހެއްގެ ނަމާއި އޭނާގެ އީމެއިލް ހިމެނުމަށް އެމްއާރުޑީސީން އެދިފައި ވެއެވެ.
މީގެ އިތުރުން ރަޖިސްޓްރީ ވުމުގެ މުއްދަތު ނިމޭ ދުވަހުން ފެށިގެން ތިން ދުވަސް ތެރޭ ރަޖިސްޓްރޭޝަން ވެރިފައި ކުރުމަށް މެއިލް ކުރާނެ ކަމަށް އެމްއާރުޑީސީން ބުނެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފު ކުރުމަށްވެސް [email protected] އަށް މެއިލް ކުރުމަށް އެމްއާރުޑީސީން ބުނެފައި ވެއެވެ.
ބިޑު ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި ދައްކަން ޖެހޭނީ 200،000 ރުފިޔާ ނުވަތަ އެއަދަދަށް ވާ ވަރަށް ޑޮލަރު ކަމަށް އެމްއާރުޑީސީން ބުނެއެވެ. ބިޑު ހުށަހެޅޭނީ ހަމައެކަނި ރަޖިސްޓްރީވާ ފަރާތްތަކަށް ކަމަށާއި، ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ ޑިސެމްބަރު 20 ވާ އާދިއްތަ ދުވަހުގެ 10:00 އާއި ހަމަޔަށް ކަމަށް އެމްއާރުޑީސީން ބުނެއެވެ. އަދި ބިޑު ބަލައިގަންނާނީ އޯކިޑް މަގުގައި ހުންނަ އެމްއެސްއެލް ބިލްޑިންގައި ހުންނަ އެ ކުންފުނީގެ އޮފީހުން އެކަނި ކަމަށްވެސް އެމްއާރުޑީސީން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު