އިންޑިއާއިން ބައިނަލްއަގުވަމީ ދަތުރުތައް އަންނަ މަހުގެ ނިޔަލަށް ސަސްޕެންޑްކޮށްފިއެވެ.

އިންޑިއާއިން ބޭރުވާ ފްލައިޓުތަކާއި އެގައުމަށް އެތެރެވާ ހުރިހާ ދަތުރުތައް ހުއްޓައިލަން ނިންމާފައިވީ ނަމަވެސް އެގައުމުގެ ޑައިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ހުއްދަދޭ ބައެއް ގައުމުތަކުން އަންނަ ބައެއް ފްލައިޓުތަކަށް ހުއްދަ ދިނުމަށް ވަނީ ނިންމައިފައެވެ.

އިންޑިއާގެ ޑީޖީސީއޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ކާގޯ ދަތުރުތައް ކުރިއެކޭ ވެސް އެއްގޮތަށް ކުރެވޭނެއެވެ.

އިންޑިއާއިން އެގައުމަށް ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓުވާފައި މިވަނީ އެގައުމުގައި ކޮވިޑުގެ ހާލަތު ގޯސްވެ، މިހާތަނަށް 9.26 މިލިއަން ކޭސް ފެނިފައިވާ ދަނޑިވަޅެއްގައެވެ.

މީގެ ކުރިންވެސް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ބައިނަލްއަގުވާމީ ދަތުރުތައް ސަސްޕެންޑްކޮށްފައެވެ.

އިންޑިއާއިން ވަނީ 18 ގައުމުތަކާއެކު ޓްރެވަލް ބަބްލް ހަދައިފައެވެ. އަދި އެގައުމުތަކުން ހާއްސަ ފްލައިޓުތަކެއް ދަތުރުކުރުމުގެ ހުއްދަ ދީފައިވެއެވެ.