މޯލްޑިވިއަނުން އިންޑިއާގެ ކޮޗިނުން މާލެއަށް ހާއްސަ ދަތުރުތަކެއް ބާއްވަން ނިންމައިފި އެވެ.
މޯލްޑިވިއަނުން ބުނީ މިމަހު ފަހުކޮޅު ކޮޗިނުން މާލެއަށް ހާއްސަ ހަތަރު ފްލައިޓެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އެ ދަތުރުތައް އޮންނާނީ އަންނަ ހުކުރު، ހޮނިހިރު، އާދިއްތަ އަދި ހޯމަ ދުވަހު އެވެ. އަދި މިއީ އެއްކޮޅު ދަތުރުތަކެކެވެ.
މި ދަތުރުތަކަށް ޓިކެޓް ވިއްކަން ފަށާ އަގަކީ 7،474 އިންޑިއަން ރުޕީސް (1560 ދިވެހި ރުފިޔާ) ކަމަށް ވެސް މޯލްޑިވިއަނުން ބުނެ އެވެ.
މޯލްޑިވިއަނުން ރާއްޖޭގެ 15 މަންޒިލަކަށް މިހާރު ވެސް ދަތުރުކުރަމުންދެ އެވެ. އަދި ރާއްޖެއިން ބޭރުން އިންޑިއާ އާއި ބަންގްލަދޭޝް އަށް ވެސް ދަތުރުތައް ބާއްވަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު