ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުން އަންނަ މީހެއްގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.
ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ހޯދަމުން އަންނަނީ ށ. ފޭދޫ/ ޗޭނުގެ، ސައީދު ހަސަން (47 އ) އެވެ.
ފުލުހުން ބުނީ، އޭނާ ހޯދަމުން އަންނަނީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ބަލަމުން އަންނަ ޑައިމޯފިނުން މުއާމަލާތް ކުރުމާއި ބަނގުރާ ގެންގުޅުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 10:30 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް އެ އިދާރާގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
އެެހެންކަމުން ސައީދު ހަސަންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި އެ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު