ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހު ކޮވިޑް 19 އިން ރަނގަޅުވެ، ޓީމާއެކު ތަމްރީނުތައް ކުރަން ފަށައިފިއެވެ.
އަނިޔާގެ ގިނަ މައްސަލަތަކެއް ލިވަޕޫލަށް ދިމާވެފައިވާ އިރު، އެންމެފަހުން ޕްރިމިއާ ލީގުގައި ލިވަޕޫލް ކުޅުނު މެޗުގައި ސަލާހްވެސް ކުޅެފައެއް ނުވެއެވެ. މިސްރާއެކު އިންޓަނޭޝަނަލް ބްރޭކްގައި ކުޅެމުން ދަނިކޮށް ސަލާހް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، މީޑިއާތަކުން ބުނެފައިވަނީ ސަލާހަށް ކޮވިޑް ޖެހިފައިވަނީ ޕްރޮޓޮކޯލާ ހިލާފަށް ބޭބެގެ ކައިވެނި ޕާޓީއަށް ދިއުމުން ކަމަށެވެ.
އެންމެފަހުން ސަލާހް ހެދި ޓެސްޓު ނެގެޓިވްވެ، ލިވަޕޫލާއެކު ފަރިތަކުރުންތައް ފަށާފައިވާ އިރު، ބެލެވޭ ގޮތުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އެޓަލަންޓާއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުގައި ސަލާހް ފެންނާނެއެވެ. މިހާތަނަށް ޗެމްޕިއަންސް ލީގުގައި ކުޅުނު ދެ މެޗުގައި ސަލާހް 10 ގޯލް ޖަހާފައިވެއެވެ. އަދި ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ލިވަޕޫލުން އެޓްލާންޓާ 5-0 ގެ ނަތީޖާއަކުން ބަލިކުރި އިރު، އެ މެޗުގައި ސަލާހް ގޯލް ޖަހާފައިވެއެވެ.
އެޓަލާންޓާ މެޗާ ގުޅޭގޮތުން ލިވަޕޫލް ކޯޗު ޔާގަން ކްލޮޕް ބުނީ ފުރަތަމަ މެޗުގައި އެޓަލާންޓާ އަތުން ބޮޑު މޮޅެއް ހޯދިފައި އޮތް ނަމަވެސް، މިރޭގެ މެޗުގައި އެޓަލާންޓާ ނުރައްކާ ވާނެ ކަމަށެވެ. އަދި މެޗުން މޮޅުވެ ގަދަ 16 އަށް ދިއުމަކީ މިހާރު ލިވަޕޫލް އޮތް ވަރަށް މުހިއްމު ކަމެއް ކަމަށްވެސް ކްލޮޕް ފާހަގަކުރިއެވެ.
އަނިޔާގެ ބޮޑެތި މައްސަލަތަކެއް ލިވަޕޫލަށް ކުރިމަތިވެފައިވާ އިރު، ވީހާވެސް އަވަހަށް ގަދަ 16 ޔަގީން ކުރުމަކީ ލިވަޕޫލަށް ފައިދާވާނެ ކަމެކެވެ. އޭރުން ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ފަހުން ކުޅެން އޮތް ދެ މެޗުގައި ކުޅުންތެރިންނަށް ރެސްޓް ދެވޭނެ ކަމަށް ކްލޮޕްވެސް ފާހަގަކުރެއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު