ލޮކްޑައުންގެ ގަވައިދާ ހިލާފުވީ މީހެއްގެ މޫނުމަތީގައި ޖަހަން ވެގެން ކަމަށް ފްރާންސްގެ މީހަކު ބުނެފި އެވެ.
ފްރާންގެ ބްރިޓްނީގައި ފުލުހުން ވަނީ އެގައުމުގެ ލޮކްޑައުންގެ ގަވާއިދާ ހިލާފުވި މީހަކު މަގުމަތިން ހައްޔަރު ކޮށްފައެވެ.
39 އަހަރުގެ އެމީހާ ހައްޔަރުކޮށްފައިވަނީ ކާރެއްގެ ފަހަތަށް ވަދެ ފިލައި އޮއްވައެވެ. ފުލުހުން ވަނީ އެމީހާ ލޮކްޑައުންގެ ގަވާއިދާ ހިލާފުވުމުގެ އިތުރުން މަސްތުވެގެން ހުރިކަަމަށް ބެލެވޭތީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ ތަހުގީގުން ވަނީ އޭނާ ހައްޔަރުކުރި އިރު އަތުގައި ވަޅިއެއް އޮތްކަން އެނގިފައެވެ. އަދި ލޮކްޑައުން އާއި ހިލާފުވުމުން އޭނާގެ ބަޔާނެއް ފުލުހުން ވަނީ ނަގައިފައެވެ.
ފްރާންސުގެ ފުލުހުންނަށް އޭނާ ދިން ބަޔާނުގައިވަނީ ލޮކްޑައުން ގަވާއިދާ ހިލާފުވާން ޖެހުނީ އުޒުރެއް އޮތުމުން ކަމަށް ފާހަަގަކޮށްފައެވެ. އޭނާ ބުނީ، އެ ވަގުތު ބޭރަށް ދިޔައީ މީހެއްގެ މޫނުމަތީ ޖެހުމަށް ކަމަށް ބުނެފައެވެ.
ފުލުހުން ވަނީ ލޮކްޑައުން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމީހާ 160 ޑޮލަރަށް ޖޫރިމަނާ ކޮށްފައެވެ. އަދި އާންމު ތަނެއްގައި މަސްތުވެގެން ހުރުމުގެ ކުށުގައި 175 ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ