ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓުތައް ކެންސަލްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުން ގެންދަނީ ދޮގު މައުލޫމާތުތަކެއް ކަމަށް އެ އެއާލައިނުން ބުނެފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ކްލަސްޓާއަކާ ގުޅިގެން މޯލްޑިވިއަންގެ ދަތުރުތައް ކެންސަލުކޮށްފައިވާ ކަމަށް ސޯޝަލް މީޑީއާގައި ދަނީ ދައުރުވަމުންނެވެ.
އެކަން ދޮގުކޮށް މޯލްޑިވިއަން އިން މިރޭ ކުރި ޓުވީޓެއްގައި ވަނީ މޯލްޑިވިއަންގެ ދަތުރުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެކަން އަންގަމުންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ފްލައިޓުތައް ކެންސަލްވި ކަމަށް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ޕޯސްޓަކީ ރަނގަޅު މައުލޫމާތެއް ނޫންކަން ކަސްޓަމަރުންގެ ސަމާލުކަމަށް ދަންނަވައިލަން. ދަތުރުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އަޅުގަނޑުމެންގެ ޓީމުން އެކަން އަންގަމުންދާނެ،" މޯލްޑިވިއަން އިން ބުންޏެވެ.
ވޫއައިއޭގެ ކާގޯ ޑިޕާޓްމަންޓުން މުވައްޒަފަކު މި މަހުގެ ފަސް ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވެ، ވަރަށް ގިނަ ބަޔަކު ވަނީ ޕޮޒިޓިވްވެފައެވެ. އެގޮތުން އެ ކްލަސްޓާއިން މިހާތަނަށް 57 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
ކޮވިޑާ ގުޅިގެން މީގެ ކުރިން މޯލްޑިވިއަންގެ ދަތުރުތައް ވަނީ ހުއްޓާލައިފައެވެ. އެގޮތުން އޭޕްރިލް 15 އިން ފެށިގެން ޖޫން 30 ގެ ނިޔަލަށް މޯލްޑިވިއަން އިން އެތެރޭގެ އުދުހުންތައް ހުއްޓާލިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު