މާލޭ ދެކުނު ފަރާތު ފަޅުތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.
އެ ސަރަހައްދަށް ދިޔަ "ވަން"ގެ ނޫސްވެރިޔާ ބުނި ގޮތުގައި، އެމީހާ ފެނިފައިވަނީ މާލޭ ޖަލާ ދިމާ ބޭރު ފަޅުތެރެއިންނެވެ. އަދި ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އޭނާ އޮތީ ދެފެން ދޭތެރޭގައި ކަމަށް އެ ސަރަހައްދުގައި އަޅާފައިވާ ލޯންޗެއްގައި ހުރި މީހަކާ ހަވާލާދީ ނޫސްވެރިޔާ ބުންޏެވެ.
ވަންގެ ނޫސްވެރިޔާ އިތުރަށް ބުނީ، މަރުވެފައި އޮތް މީހާ ފެނުނު ދިމާ އެއްގަމުން ކަޅު ދަބަހަކާއި ބޫޓެއް ފެނުނު ކަމަށާއި އަދި އެއީ މަރުވެފައި އޮއްވައި ފެނުނު މީހާގެ އެއްޗެހި ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން ބުނި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މާލެ ފަޅުތެރޭ މޫދަށް މީހަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު މިއަދު ހެނދުނު 9:43 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެމީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މަރުވެފައި އޮއްވައި ފެނުނީ އިނގިރޭސިވިލާތުގެ 58 އަހަރުގެ ފިރިހެނެއް ކަމަށެވެ. ނަމަވެސް އޭނާ މަރުވީ ކިހިނެތް ކަމެއް އަދި ނޭނގެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު