ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ ކެނެޑާގެ އެންމެ ބޮޑު ސިޓީ ލޮކްޑައުން ކޮށްފި އެވެ.
ކެނެޑާގެ ޓޮރޮންޓޯ ލޮކްޑައުން ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން 28 ދުވަހުގެ މުއްދަތަށެވެ.
އެ ފިޔަވަޅުގެ ދަށުން އެ ސިޓީގެ ހުރިހާ ވިޔަފާރިއެއް ވަނީ ބަންދުކޮށްފަ އެވެ. އަދި ގެއިން ބޭރަށް ނުކުމެ އުޅެވެނީ އެއްފަހަރާ އެންމެ ގިނަވެގެން 10 މީހުންނަށް ކަމަށާއި އެގޮތަށް ނުކުމެވޭނީ ވެސް އެއް ގެއެއްގެ މީހުންނަށް އެކަނި ކަމަށް ބުނެފައިވެ އެވެ.
ޓޮރޮންޓޯ އިން ވޭތުވެދިޔަ 24 ގަޑިއިރު 1400 ކޭސް ފެނިފައިވާއިރު އެ ޕްރޮވިންސުން އެކަނިވެސް ލައްކައަކަށް ވުރެ ގިނަ ކޭސް ފެނިފައިވެ އެވެ. ނަމަވެސް ކެނަޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑެއޯ ވަނީ އެގައުމު އެއްކޮށް ލޮކްޑައުން ކުރަން ޖެހޭވަރު އަދި ނުވާ ކަމަށާއި އަޅާފައިވާ ފިޔަވަޅުތަކުން އެކަން ނުކޮށް ހިފަހައްޓާލެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ