ހދ. ނޭކުރެންދޫ ނޭކުރެންދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ އާދަމް "ވަން" އަށް ވިދާޅުވީ އެރަށު ހޯމް ކަރަންޓީނުގައި ހުރި ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާ ޕޮޒިޓިވްވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެރަށަށް ހޯމް ކަރަންޓީނަށް ދިއުމުގެ ކުރިން މާލެއިން ނަގާފައިވާ ސާމްޕަލަކުން ކަމަށެވެ.
އަލީ އާދަމް ވިދާޅުވީ އެ ޒުވާނާގެ ހާލު ރަނގަޅު ކަމަށާއި ކޮންމެ ދުވަހަކުވެސް ގުޅައި ހާލު ބަލަމުން އަންނަ ކަމަށެވެ.
އަލީ އާދަމް ވިދާޅުވީ އޭނާއާއެކު އިތުރު ބަޔަކުވެސް އެގޭގައި ކަރަންޓީނުވެގެން އެބަތިބި ކަމަށެވެ. އެހެންވެ، އޭނާ ވަކިން އެހެން ރޫމްއަކަށް ބަދަލުކޮށް، ކަރަންޓީނުގައި ތިބި އެހެން ފަރާތްތަކާ އެކަހެރިކޮށްފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހުވެސް އެރަށުން ވަނީ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެފަހަރު ޕޮޒިޓިވްވީ މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު