ޗައިނާގެ މިލިއަނެއްހާ މީހުންނަށް ކޮވިޑް ވެކްސިން ދީފިއެވެ.
ޗައިނާއިން ބޭނުންކުރުމުގެ އިމަޖެންސީ ހުއްދައެއް ދީފައިވާ ސައިނޯފާމްގެ ކޮވިޑް ވެކްސިން ގިނަ އަދަދެއްގެ ބަޔަކަށް ދީފައިވާ އިރު، އެ ވެކްސިންގެ ފަހުގެ ޓެސްޓުތައް އަދި ނުނިމެއެވެ.
ޗައިނާގެ ނެޝަނަލް ފާމަސޫޓިކަލް ގްރޫޕް، ސައުނޯފާމް އިން ވަނީ މިދިޔަ ޖުލައި މަހުން ފެށިގެން އެގައުމުގެ ސަރުކާރުގެ އޮފިޝަލުންނާއި ދަރިވަރުންގެ އިތުރުން އެހެން ގައުމުތަކުގައި މަސައްކަތް ކުރުމަށް އެގައުމުން ދަތުރުކުރާ ފަރާތްތަކަށް ވެކްސިން ދޭން ފަށައިފައެވެ.
ސައިނޯފާމް އިން ދީފައިވަނީ ސީދާ ކޮން ވެކްސިނެއް ކަމެއް ހާމަކޮށްފައިނުވި ނަމަވެސް، ވެކްސިނަށްފަހު އެއްވެސް މީހަކަށް ވެކްސިންގެ ސަބަބުން ސިއްހީގޮތުން ނުރަނގަޅު ބަދަލެއް އައިސްފައިނުވާ ކަމަށް ބުނެފައިވެއެވެ.
ޗައިނާގެ އެކި ކުންފުނިތަކުން މިހާތަނަށް ކޮވިޑުގެ ފަސް ވެކްސިނެއް އުފައްދައި ޓެސްޓު ކުރަމުން އަންނަ އިރު، ސައިނޯފާމް އިން ވަނީ އެކުންފުނީގެ ދެ ވެކްސިނެއް ޓެސްޓުކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ