ޖެންޑާ މިނިސްޓްރީން ކޮންމެ އަހަރަކު ދޭ "ރެހެންދި އެވޯޑު" މިއަހަރު ދޭން ނިންމާފައިވާ ހަތް ބޭފުޅުންގެ ނަން އެ މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.
މިއަހަރުގެ އެވޯޑަށް ހޮވިފައިވަނީ ޖުމްލަ ދެ ދާއިރާއަކުން ހަތް ބޭފުޅުން ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އެއީ؛
- ފާތިމަތު އިބްރާހިމް، ކާނިމާގެ، ޅ. ހިންނަވަރު - އިޖުތިމާއީ ދާއިރާ
- އަލްއުސްތާޒާ މަރްޔަމް ޝުނާނާ، ހ. ވެލަސްފަރުގެ - އިޖުތިމާއީ ދާއިރާ
- ހައްވާ ލަތީފް، ހުޅުމާލެ ފްލެޓް 10-3-01 - އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ
- އާމިނަތު އަމީނާ، ހަނދުވަރީގެ، ލ. ކުނަހަންދޫ - އަދާ ކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ
- ޝިފްޒާ މުސްތަފާ، އާސާނު، ޏ. ފުވައްމުލައް - އަދާ ކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ
- އާއިޝަތު ހުސައިން މަނިކު، ހ. ރީނދޫކޮކާގެ - އަދާ ކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ
- މިންހާ ފާއިޒު ރަޝާދު، ހުޅުމާލެ ފްލެޓް 99-1-02 - އަދާ ކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ
މި ބޭފުޅުން މި އެވޯޑަށް ހޮވާފައިވަނީ އެކަމަށްޓަކައި މިނިސްޓްރީން އެކުލަވާލާފައިވާ ރެހެންދި އެވޯޑް ކޮމިޓީން ކަމަށް މިނިސްޓްރީން ބުނެއެވެ.
ޖެންޑާ މިނިސްޓްރީން ދޭ މި އެވޯޑު ހަވާލު ކުރަނީ ކޮންމެ އަހަރަކުވެސް ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާގައެވެ. ނަމަވެސް ކޮވިޑް 19ގެ ހާލަތާއި ގުޅިގެން މިއަހަރުގެ އެވޯޑު ދިނުމުގެ ހަފްލާ ވަނީ ލަސްކޮށްފައެވެ.
ރެހެންދި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަން ކުރުމުގެ ގޮތުން އަދި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ވަކި ފަރުދުންނާއި ޖަމިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ އިތުރުން، ރާއްޖޭގެ ގައުމީ ތަރައްގީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ހިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް، ޖެންޑާ މިނިސްޓްރީން ކޮންމެ އަހަރަކު ދެމުން އަންނަ ހާއްސަ އެވޯޑެކެވެ.
މި އެވޯޑު ދޭން ފަށާފައި ވަނީ 2014 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން ކޮންމެ އަހަރަކު އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ރަސްމީ ޖަލްސާގައި މި އެވޯޑު ދެއެވެ. މިދިޔަ އަހަރު ސަރުކާރުން ވަނީ މި އެވޯޑަށް ކުރިމަތިލުމަށް ފިރިހެނުންނަށްވެސް ފުރުސަތު ލިބޭ ގޮތަށް ކެޓަގަރީއެއް ހިމަނައިފައެވެ.
ރެހެންދި އެވޯޑް
ރެހެންދި އެވޯޑް
ރެހެންދި އެވޯޑް
ރެހެންދި އެވޯޑް