ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ރެހެންދި އެވޯޑަކީ ގައުމީ ތަރައްގީގައި ފާހަގަކޮށްލެވޭ ހިއްސާއެއް އޮވެ، ގައުމަށް ބޮޑެތި ލާބަޔާއި މަންފާ ލިބޭ ހިދުމަތް ކޮށްދީފައިވާ އަންހެނުން އަދި އަންހެނުން ކުރިއަރުވަން މަސައްކަތްކުރާ ފިރިހެނުންގެ އަދި ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދޭ އެވޯޑެކެވެ.

އެ އެވޯޑް ލިބޭ މީހުން އިވެލުއޭޓްކޮށް، އެވޯޑް ދޭނެ މީހުން ކަނޑައަޅާނީ ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީންނެވެ. އަދި އެ އެވޯޑު ދިނުމާ ގުޅޭ އުސޫލާއި ފޯމު އެ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

  • ލީޑާޝިޕް އަދި ގަވަނަސް
  • އިގުތިސާދީ ގޮތުން ބާރުވެރިކުރުވުން
  • އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުން
  • އަންހެނުން އާންމުކޮށް ކޮށް ނޫޅޭ މަސައްކަތެއް ނުވަތަ ނަންޓްރެޑިޝަނަލަލް ރޯލްސް
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް
  • ވަކި ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަމުގައިވުން
  • ފާއިތުވި ފަސް އަހަރުތެރޭ ޝަރީއަތަށް ސާބިތުވާ ކަހަލަ ކުށެއް ކޮށްފައިވާ މީހެއް ނުވަތަ ޖަމިއްޔާ ޖަމާއަތެއް ކަމުގައި ނުވުން
  • މިވަގުތު އެއްވެސް ކަހަލަ ދައުވާއެއްކޮށް ކޯޓު މަރުހަލާގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ނުވަތަ ޖަމިއްޔާ/ ޖަމާއަތެއް ކަމުގައި ނުވުން
  • ޖިންސީގޯނާ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ ކުށް ސާބިތުވެފައި ނުވާ ފަރާތެއް ކަމުގައިވުން
  • މަގުބޫލު އުޒުރަކައި ނުލާ ފާއިތުވި ފަސް އަހަރުތެރޭ ހިދުމަތް ކޮށްފައިވާ ފަރާތެއް ނުވަތަ ޖަމިއްޔާ ޖަމާއަތެއް ކަމުގައިވުން ނުވަތަ ކޮށްފައިވާ މީހަކަށް ވުން
  • މީގެ ކުރިން ރެހެންދި އެވޯޑް ލިބިފައިވާ ފަރާތެއް ނުވަތަ ޖަމިއްޔާ ޖަމާއަތަކަށް ނުވުން