"ރެހެންދި އެވޯޑް" އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރެހެންދި އެވޯޑަކީ ރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރާއި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި ޖަމިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ގައުމީ ފެންވަރުގައި ވަޒަންކުރުމުގެ މަގުސަދުގައި ޖެންޑާ މިނިސްޓްރީން ކޮންމެ އަހަރަކު ދޭ އެވޯޑެކެވެ.
ޖެންޑާ މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މެއި މަހުގެ ހަތަރުވަނަ ދުވަހުގެ 14:00 އެވެ.
އެވޯޑަށް އަމިއްލައަށް އަދި އެހެން ފަރާތަކުންވެސް ނަން ނޮމިނޭޓް ކުރެވޭނެއެވެ. އޭގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު