ދުނިޔޭގެ ހުރިހާ ބައްރަކަށް ދަތުރުކޮށް ރެކޯޑް ފޮތުން ޖަގަ ހޯދައިފިއެވެ.
ޔޫއޭއީގެ ހަވްލާ އަލްރޮމައިތީ ވަނީ ތިން ދުވަހާއި 14 ގަޑިއިރާއި 46 މިނެޓު 48 ސިކުންތުގެ ތެރޭގައި ދުނިޔޭގެ ހަތް ގައުމަކަށް ދަތުރުކޮށްފައެވެ.
ހަވްލާގެ ދަތުރު ނިންމާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ 13 ވަނަ ދުވަހު އޮސްޓްރޭލިއާގެ ސިޑްނީއަށެވެ.
އޭނާ ވަނީ އެއީ އުނދަގޫ ދަތުރެއްކަމުގައި ފާހަގަކޮށްފައެވެ. އަދި ގިނަ އިންތިޒާރުތަކެއްވެސް ކުރަން ޖެހުނު ކަމަށް ހަވްލާ ފާހަގަކޮށްފައި ވެއެވެ.
ގީނިސް ވޯލްޑް ރެކޯޑްސް އިން ވަނީ ހަވްލާގެ ރެކޯޑު ގަބޫލުކޮށް އެންމެ އަވަހަށް ހުރިހާ ބައްރަކަށް ދަތުރުކުރި ރެކޯޑް ހަވްލާ ހޯދައިފައިވާކަން އިއުލާނު ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ