ޗައިނާގެ ސައިނޯވެކް ވެކްސިންގެ ނަތީޖާ ރަނގަޅު ކަމަށް ދައްކައިފިއެވެ.
ޗައިނާއިން އުފައްދަމުން އަންނަ ވެކްސިންތަކުގެ ތެރެއިން މިހާތަނަށް ޓެސްޓުތައް ކުރިޔަށްދާ ވެކްސިންތަކުގެ ނަތީޖާތައް ލިބެމުން އަންނައިރު ވެކްސިންގެ ކާމިޔާބީގެ ވާހަކަތަކާއެކު ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް އަންނަނީ ލިބެމުންނެވެ.
ޗައިނާގެ ބަޔޯޓެކް ކުންފުނިން އުފައްދަމުން އަންނަ ކޮވިޑް ވެކްސިން ސައިނޯވެކްގެ ޓެސްޓުތައް ކުރިޔަށްދާއިރު މިހާތަނަށް ލިބިފައި ހުރި ޑޭޓާތަކުގެ ނަތީޖާ ވަރަށް ރަނގަޅެވެ. ބަޔޯޓެކް އިން ވަނީ ވެކްސިންގެ ޓެސްޓުތަކުގެ ބައިވެރިންގެ ހަށިގަނޑުން ކޮވިޑާ ދެކޮޅަށް ދިފާއު އުފައްދާ ރޭޓު ރަނގަޅުކަމަށް ދައްކައިފައެވެ. ޓެސްޓުގައި ބައިވެރިވާ 700 މީހުންގެ ހަށިގަނޑުގައި ދިފާއު އުފައްދާ ރޭޓުވެސް އަވަސްކަމަށް އެކުންފުނިން ބުނެފައި ވެއެވެ.
މިހާތަނަށް ދުނިޔޭގެ އެކިގައުމުތަކުގައި ކޮވިޑާ ދެކޮޅަށް އުފައްދަމުން އަންނަ ވެކްސިން ތަކުގެ ތެރެއިން އެމެރިކާ އާއި ޖަރުމަނުގެ އިތުރުން ރަޝިއާ އިން އުފައްދާފައިވާ ވެކްސިންތަކުގެ ނަތީޖާ 90 އިންސައްތައަށްވުރެ ރަނގަޅު ކަމަށް ޓެސްޓުތަކުން ވަނީ ދައްކައިފައެވެ.
ވެކްސިން
ވެކްސިން
ވެކްސިން