ވިންޑްސާފް ބޯޑެއްގައި ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ އެވެ.
ލ. މާމެންދޫން ލ. ހިތަދޫއަށް ދަތުރުކުރި ދެ ދިވެހިންގެ ހަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކުރީ މިއަދު މެންދުރު 11:30 ހާއިރު އެވެ. އަދި އެ ދެމީހުން ހޯދުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވި އެވެ.
އެމްއެންޑީއެފުން ބުނީ، އެ ދެ މީހުން މިހާރު ފެނިގެން، ކޯސްޓް ގާޑު ލޯންޗަށް ނަގާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ބުންޏެވެ.