ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މެރިން ފުލުހުން މިރޭ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު 18:30 އެހާކަންހާއިރު ހުޅުމާލެގެ ސްޓެލްކޯއާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް މެރިން ފުލުހުންނާއި ކޯސްޓް ގާޑުން ކުރަމުންދާ ކަމަށެވެ.