ހުއްދަ ނުނަގައި ރާއްޖޭގެ ސަރަހައްދަށް ބޭރުގެ ދެ ބޯޓް ވަތް އިރު ކަމާބެހޭ ފަރާތްތަކަށް ނޭގުނު މައްސަލައިގައި އިންޓާނަލް ތަހުގީގެއް ކޮށްފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، ހުއްދަނެތި ރާއްޖޭގެ ސަރަހައްދަށް އެ ދެ ބޯޓް ވަތްކަން ކޯސްޓްގާޑާއި ޕޯޓްސް އޮތީރިޓީ އާއިސް ކަސްޓަމްސްއަސް އާއި އިމިގްރޭޝަނަށް ނޭނގުނީ ކީއްވެގެންތޯ ބެލުމަށްޓަކައި އެކަމާބެހޭ ތަހުގީގެއް ކޮށްފައިވޭތޯ، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުންދު މިއަދު ވިދާޅުވީ، އެ ތަހުގީކޮށް އެކަމުގައި ހުރި މައްސަލަތައް ވެސް ފާހަގަވެފައިވާ ކަމަށެވެ.

އެ ދެ ބޯޓް ވަން މައްސަލައިގެ އިންޓާނަލް އޮޑިޓެއް ހަދާފައިވޭތޯ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، އެ ބޯޓް ރާއްޖޭގެ ސަރަހައްދަށް ވަންއިރު، މައްސަލަ ބަލަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.

"އެކަން ބެލުމަށް އިންޓާނަލް އިންވެސްޓިގޭޝަނެއް ކޮށްފައިވަނީ އައިޑެންޓިފައިވި ބައެއްލޫޕު ހޯލްސް، ޕްރޮޓޮކޯލްގެ ލޫޕް ހޯލްސްތައް ފާހަގަވި، އެކަމަކު ޕަބްލިކަށް ހާމަ ކުރެވޭ ކަހަލަ މައުލޫމާތުތަކެެއްނޫން އެއީ ނެޝަނަަލް ސެކިއުރިޓީގެ މައްސަލައަކަށްވާތީ،"

މުންދު ވިދާޅުވީ، ދެން އެކަހަލަ ކަމެއް ނުވާނެކަމުގެ ޔަގީންކަން ލިބޭ ވަރަށް، އެ ތަހުގީގުން ފާހަގަވި ކަންކަން ރަނގަޅުކޮށްފައިވާ ކަމަށެވެ.

އެ ދެ ބޯޓު މިހާރު އޮތީ ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށާއި އެ ދެ ބޯޓުގެ ފަޅުވެރިން ޑީޕޯޓް ކޮށްލުމަށް ހަމަޖެހިފައިވާ ކަމަށްވެސް މުންދު ވިދާޅުވިއެވެ.