ގަތަރާއި ރާއްޖެއާ ދެމެދު "ސޭފް ޓްރެވަލް ބަބްލް"އެއް ގާއިމްކޮށްފި އެވެ. މިއީ ގަތަރުން ޓްރެވަލް ބަބްލް ޕެކޭޖެއް ތައާރަފުކުރި ފުރަތަމަ ފަހަރެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ގަތަރުން ވަނީ ކޮވިޑް-19އާ ގުޅިގެން މީހުން ދަތުރު ކުރަން ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ވެސް ރާއްޖެ ހިމަނައިފަ އެވެ. އެއީ ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުން (ޑަބްލިއުޓީޓީސީ) އިން ދޭ "ސޭފް ޓްރެވަލް" ސްޓޭމްޕް ރާއްޖެއަށް ލިބުމުންނެވެ.
ގަތަރުގެ ގައުމީ އެއާލައިން، ގަތަރު އެއާވޭސް ހޮލިޑޭސް އިން ބުނީ، ހޮލިޑޭ ޕެކޭޖު ހާއްސަކޮށްފައިވަނީ އެގައުމުގެ ރައްޔިތުންނަށާއި އެގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށެވެ.
މި ޕެކޭޖުގެ ދަށުން، އަންނަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހާ ހަމައަށް ބުކިން ހެދޭނެ ކަމަށާއި އަންނަ ޑިސެމްބަރު މަހުގެ އެކަކުން އަންނަ އަހަރުގެ ޖަނަވަރީ ހަތް ވަނަ ދުވަހާ ހަމައަށް ދަތުރު ކުރެވޭނެ އެވެ.
މި ޕެކޭޖުގެ ދަށުން ރާއްޖެ އަންނަ ގަތަރުގެ ފަތުރުވެރިންނަށް ސޭންޑީސް ބަތަލާ މޯލްޑިވްސް އަދި ޑައިމަންޑްސް ތުނޑުފުށި ބީޗް އެންޑް ވޯޓާ ވިލާސް ވަނީ ހާއްސަކޮށްފަ އެވެ.
ގަތަރު އެއާވޭސްގެ ވެބްސައިޓުގައި ބުނާ ގޮތުން، ފްލައިޓް އެންޑް ހޮޓެލް ޕެކޭޖަސްގެ އަގު ފެށެނީ 5460 ގަތަރު ރިއާލްސް (23018 ރުފިޔާ) އިންނެވެ. އަދި ޕެކޭޖުގެ ދަށުން މަދުވެގެން ފަސް ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ޖެހޭނެ އެވެ.
އޭގެ އިތުރުން ގަތަރު އެއާވޭސް ހޮލިޑޭސް މެދުވެރިކޮށް ފްލައިޓް އަދި ހޮޓެލް ބުކް ކުރާ ފަރާތްތަކަށް، ރާއްޖޭގައި ޗުއްޓީ ހޭދަކޮށް ނިމިގެން އަނބުރާ ދޯހާއަށް ދިއުމަށްފަހު އައިސޮލޭޓް/ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ.
ގަތަރު އެއާވޭސް
ގަތަރު އެއާވޭސް
ގަތަރު އެއާވޭސް
ގަތަރު އެއާވޭސް