މާލެއިން ގަތަރަށް ދަތުރުކުރަމުންދިޔަ ފްލައިޓު އޮމާން ޑައިވާޓް ކޮށްފިއެވެ.
މާލެ އިން ގަތަރަށް ދަތުރުކުރަމުންދިޔަ ގަތަރު އެއާވޭސްގެ ފްލައިޓު ކިއުއާރް 675 އޮމާންގެ މަސްކަޓަށް މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ ޖައްސައިފައެވެ. ރައްޖެ ގަޑިން 20:45 ގައި ފުރި އެ ފްލައިޓު ޑައިވާޓް ކޮށްފައިވަނީ އިޒްރޭލް-އިރާން ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުން ވައިގެ ސަރަހައްދު ބަންދުކޮށްފައިވާ ދަނޑިވަޅުގައެވެ.
މާލެއިން ބަހުރެއިނަށް ދަތުރުކުރަމުންދިޔަ ގަލްފް އެއާގެ ފްލައިޓު ޖީއެފް 145 ވެސް ވަނީ ޑައިވާޓްކޮށް އޮމާންގެ މަސްކަޓަށް މިރޭ ޖައްސައިފައެވެ.
ސްރީލަންކާގެ ސިވިލް އޭވިއޭޝަނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ސްރީލަންކަން އެއާލައިންސް އިން ވެސް ވަނީ އެ އެއާލައިނުން މެދުއިރުމައްޗަށް ދަތުރުކުރި ފްލައިޓުތަކުގެ ތެރެއިން ފަސް ފްލައިޓެއް ދަތުރުކުރަމުންދިޔަ އެއާޕޯޓުތަކުގެ ބަދަލުގައި އެހެން އެއާޕޯޓުތަކަށް ޑައިވާޓް ކޮށްފައެވެ.
ސްރީލަންކަން އެއާލައިންސް އިން ޔޫރަޕާއި މެދުއިރުމައްޗަށް ދަތުރުކުރަމުންދިޔަ ފްލައިޓުތައް މަސްކަޓާއި ރިޔާދުގެ އިތުރުން ދުބާއީއަށް ޑައިވާޓްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލަންކާގެ ސިވިލް އޭވިއޭޝަނުން ވަނީ އެގައުމުގެ މައި ދެ އެއާޕޯޓު ކަމަށްވާ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓާއި މައްޝަލަ ރާޖަޕަކްސާ އިންޓަނޭޝަނަލް އެއާޕޯޓު އިމަޖެންސީގައި ޖެއްސުމަށް ތައްޔާރީ ހާލަތަކަށް ގެނެސްފައި ކަމަށް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
މައްތަލަ
ރާޖަޕަކުސަ - 12 މަސް ކުރިން