ގަތަރާއި އިރާގުގައި ހުންނަ އެމެރިކާ ބޭސްތަކަށް އީރާނުން ހަމަލާ ދީފިއެވެ.
މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދީފައި މިވަނީ އިޒްރޭލް-އިރާން ހަނގުރާމައިގެ ތެރެއަށް އެމެރިކާ އިން ވަދެ އީރާނުގައި ހުންނަ ނިއުކްލިއާ ސައިޓުތަކަށް ހަމަލާދިނުމާއެކު އެކަމުގެ ބަދަލު ހިފާނެ ކަމަށް ބުނެފައި ވަނިކޮށެވެ.
އީރާނުގެ ރެވިލިއުޝިނަރީ ގާޑުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދަދިދް އެއާ ބޭސް އަށް މިސައިލު ހަމަލާއެއް ފޮނުވާލާފައިވާ ކަމަށް އެ ގައުމުގެ ތަސްނިމް ނިއުސް އެޖެންސީ މެދުވެރިކޮށް ރިޕޯޓުކޮށްފައެވެ.
އިރާނުން ފޮނުވާލި މިސައިލުތައް ގަތަރުގެ ވެރިރަށް ދޯހާ މަތިން ދަތުރުކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ދައުރުވަމުން އަންނައިރު، ގަތަރުން އެ މިސައިލުތައް ވައިގެ ތެރޭގައި ގޮއްވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. ގަތަރުން ގޮއްވާލާ މިސައިލުތަކުގެ ބައިތައް އެ ގައުމުގެ އެކި ސަރަހައްދުތަކަށް ވެއްޓެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ