އިންޑިއާއިން އުފައްދާ ކޮވެކްސިންގެ ފަހުގެ މަރުހަލާތަކުގެ ޓެސްޓުތައް ފަށައިފިއެވެ.

އިންޑިއާގެ ބާރަތު ބަޔޯޓެކް އިން އުފައްދާ ކޮވިޑް ވެކްސިން، ކޮވެކްސިންގެ ޓެސްޓުތަކުގެ ތިންވަނަ މަރުހަލާ ފަށާފައިވާއިރު އެޓެސްޓުތަކުގައި 26،000 ވޮލެންޓިއަރުން ބައިވެރި ވާނެއެވެ.

ބާރަތު ބަޔޯޓެކް އިން ވަނީ މިއީ އިންޑިއާގައި ކޮވިޑް ވެކްސިން އަށް ކުރާ އެންމެ ބޮޑު ޓެސްޓު ކަމުގައި ފާހަގަކޮށްފައެވެ.

ވޮލެންޓިއަރުންގެ ތެރެއިން ހޮވައިލެވޭ މީހުންނަށް ވެކްސިންގެ ދެ ޑޯޒް ދިނުމަށް ހަމަޖެހިފައިވާއިރު ދެ ޑޯޒް ދޭތެރޭ 28 ދުވަސް ހޭދަ ވާނެކަމަށް ބާރަތު ބަޔޯ ޓެކްއިން ބުނެއެެވެ.

ކޮވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޓެސްޓުތަކުގެ ނަތީޖާ ފުރިހަމަ ވެފައިވާއިރު ތިންވަނަ ޓެސްޓު ފެށުމަށް އެގައުމުގެ ޑްރަގް ކޮންޓްރޯލާ ޖެނެރަލް އިން ވަނީ ހުއްދަ ދީފައެވެ.