ކޭސްތައް އިތުރުވުމާއެކު އޮސްޓްރިއާ އަނެއްކާވެސް ލޮކްޑައުން ކުރަން ނިންމައިފިއެވެ.

އޮސްޓްރިއާގެ ޗާންސެލަރު ސަބެސްޓިއަން ކޫރްޒް ވަނީ އެމީހަކު ދިރި އުޅޭ ގެ ނޫން އެހެން ގެއެއްގެ މީހަކާ ބައްދަލު ނުކުރުމަށް އިލްތިމާސް ކުރައްވައިފައެވެ. މީގެ އިތުރުން އޮސްޓްރިއާގެ ސްކޫލްތައްވެސް ބަންދު ކޮށް ހުރިހާ ދަރިވަރުންވެސް ގޭގައި ތިބެގެން ކިޔެވުމަށް ވަނީ އަންގައިފައެވެ.

އެގައުމުން ވަނީ ރޭގަނޑުގެ ވަގުތުގައި ހުރިހާ ސަރަހައްދެއްގައި ކާފިއު އިއުލާން ކުރުމުގެ އިތުރުން ބައެއް ސަރަހައްދު ތަކުގައި ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ނޫނީ ބޭރަށް ނުކުތުން ވެސް މަނާކޮށްފައެވެ.

އަންނަ އަންގާރަ އިން ފެށިގެން ދެހަފްތާ ބައިގެ ލޮކްޑައުން އަކަށް އޮސްޓްރިއާ ދާއިރު އެގައުމުން ވަނީ މިދިޔަ ހުކުރު ދުވަހު އެކަނިވެސް 9586 ކޭސް ފެނިފައެވެ. އެގައުމުން މިހާތަނަށް ޖުމްލަ 191،000 ކޭސް ފެނިފައިވާކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. އަދި 1661 މީހުން ބަލިން މަރުވެފައި ވެއެވެ.