މެލޭޝިއާގެ ކޮވިޑް ކޭސްތައް އިތުރު ވެ، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 1114 ކޭސް ފެނިފައިވާ ކަމަށް ރިޕޯޓް ކޮށްފިއެވެ.
މެލޭޝިއާގެ ހެލްތު ޑިރެކްޓަރު ޖެނެރަލް ނޫރް ހިޝާމް އަބްދުﷲ ވިދާޅުވީ އެގައުމުގެ ސަބާހް ސްޓޭޓުން އެކަނިވެސް 391 ކޭސް ފެނިފައިވާ ކަމަށާއި ނެގްރި ސެމްނިލާން އިން 371 ކޭސް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ފެނިފައިވާ ކަމަށެވެ.
މެލޭޝިއާގައި ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 103 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު މިހާތަނަށް 33،772 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.
އެގައުމުން މިހާތަނަށް ކޮވިޑް ޖެހިގެން 306 މީހުން މަރުވެފައިވާއިރު ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ދެމީހުން މަރުވެފައިވާ ކަމަށް ރިކޯޑްތަކުން ދައްކައެވެ.
މެލޭޝިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 46،209 އަށް އަރާފައިވާއިރު އެގައުމުގެ ސަބާހް ސްޓޭޓުން މިހާތަނަށް 19،898 ކޭސް ފެނިފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ