މުޅި އެމެރިކާއަށް ކޮވިޑް ވެކްސިން ލިބޭވަރުވާނީ އަންނަ އޭޕްރިލް މަހު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ރައީސް ޓްރަމްޕް ވަނީ އެމެރިކާގެ ހުރިހާ ސަރަހައްދަކަށް ކޮވިޑް ވެކްސިން ލިބުނު ކަމުގައިވީނަމަވެސް ނިއު ޔޯކް ސިޓީ އަށް ލިބޭނީ އެސިޓީގެ ގަވަރުނަރު ހުއްދަ ދިނުމުންކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕް ވިދާޅުވީ ނިއުޔޯކް އަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުން ލަސްވުމަކީ އެމަނިކުފާނަށް އެކަމުން ވޭނެއް ލިބިވަޑައިގަތުން ވަރުގެ ކަމެއް ކަމުގައެވެ.
އެމެރިކާއިން އުފައްދައި ޓެސްޓުތައް ކާމިޔާބު ކޮށްފައިވާ ފައިޒާ ވެކްސިން ގެ ފުރިހަމަކަމަށް ތައުރީފުކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެއީ ވަރަށް ކާމިޔާބު ވެކްސިނެއް ކަމަށާއި 90 އިންސަންތައިގެ ޔަގީންކަން ލިބިފައިވާ ވެކްސިނެއް ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ