ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެމެރިކާއިން 184،514 ކޮވިޑް ކޭސް ފެނިފައިވާ ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމެރިކާގެ ކޭސްތައް އިތުރުވަމުންދާއިރު ވޭތުވެދިޔަ 24 ގަޑިއިރުވެފައިވަނީ މިހާތަނަށް ދުނިޔެއިން އެއް ގައުމަކުން އެންމެ ގިނަ ކޮވިޑް ކޭސް ފެނިފައިވާ ދުވަސް ކަމުގައެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެމެރިކާއިން 1431 މީހުން މި ބަލީގައި މަރުވެފައިވާ ކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ. މިދިޔަ ބުރާސްފަތި ދުވަހުވެސް އެގައުމުން ވަނީ 153،496 ކޭސް ފެނިފައެވެ.
މިހާތަނަށް އެމެރިކާއިން ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 10.7 މިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު އެގައުމުން ވަނީ 244،000 މީހުން މިބަލީގައި މަރުވެފައެވެ.
އެމެރިކާގެ ހާލަތު ގޯސްވެ އެގައުމުގެ ސިއްހީ ހިދުމަތްތަކަށް ނުތަކާވަރު ވެފައިވާއިރު އެގައުމުން ދަނިީ ކޮވިޑާދެކޮޅަށް އުފައްދާފައިވާ ފައިޒާ ވެކްސިން އަށް އިމަޖެންސީ ހުއްދަ ދިނުމަށްފަހު ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ