އެކްޓަރު ފަރުހާން އަޚްތަރު އާއި އޭނާގެ ލޯބިވެރިޔާ ޝިބާނާ ދަންދޭކަރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
އެކަން ފަރުހާން އާންމުކުރީ އިންސްޓަގްރާމުގައި އިއްޔެ ކޮށްފައިވާ ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވާ ފޮޓޯއިން ދެބައިވެރިން ބީޗުގައި ފުންމާތަން ފެނެއެވެ. ނަމަވެސް މިދެތަރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައިކަމެއް އާންމުކޮށްފައެއް ނުވެއެވެ.
ހަމަހުގެ ކަރަންޓީނަކަށް ފަހު ބޮލީވުޑްގެ ގިނަ ތަރިންތަކެއް އަންނަނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަންނަމުންނެވެ. އޭގެ ތެރޭގައި މޯނީ ރޯއީ، ތާޕްސީ ޕަންނު، ނޭހާ ދޯޕިޔާ، ކެޓްރީނާ ކައިފު ހިމެނެއެވެ.
ފަރުހާން ދެން އެންމެ އަވަހަށް ފެނިގެންދާނީ ރާކޭޝް އޯމްޕްރަކާޝް މެހްރާގެ ފިލްމު "ތޫފާން" އިންނެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް