ފާއިތުވި ދެ ހަފުތާގެ ތެރޭގައި ރާއްޖެއަށް 13،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
މިއީ ޖުލައި 15ގައި ބޯޑަރު ހުޅުވާލި ފަހުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ފުރަތަމަ ފަހަރެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާ ހަމައަށް ރާއްޖެއަށް އައީ 382،760 ފަތުރުވެރިންނެވެ. އަދި ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް ވަނީ 51،354 ފަތުރުވެރިން އައިސްފައެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ މަހުގައެވެ. އެގޮތުން މިދިޔަ މަހު ރާއްޖެއަށް 21،515 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ އެވްރެޖުކޮށް ދުވާލަކަށް 694 ފަތުރުވެރިންނެވެ.
ތަފާސް ހިިސާބުތަކުގައިވާ ގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހުން އިއްޔެގެ ނިޔަލަށް ރާއްޖެ އައީީ 13،886 ފަތުރުވެރިންނެވެ. އޭގެ ތެރެއިން 10،972 ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ ތެރޭގައެވެ. މިމަހުގެ މިހާތަނަށް އެވްރެޖުކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 997 ފަތުރުވެރިން އައިސްފައިވެއެވެ. އަދި މިމަހުގެ މިހާތަނަށް އައި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އުޅެނީ 9.5 އިންސައްތައިގައެވެ. މިދިޔަ މަހު އެ އަދަދު އުޅުނީ 9.6 އިންސައްތައިގައެވެ.
ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގޮތުން އެގައުމުން ރާއްޖެއަށް 11،240 ފަތުރުވެރިން އައިސްފައިވާ އިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިގިރޭޝިވިލާތުން އައީ 4،468 ފަތުރުވެރިިންނެވެ. ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައީ އެމެރިކާއިންނެވެ. އެއީ 3،927 ފަތުރުވެރިންނެވެ.
- ރަޝިއާ - 11،240 ފަތުރުވެރިން
- އިނގިރޭސިވިލާތް - 4،468 ފަތުރުވެރިން
- އެމެރިކާ - 3،937 ފަތުރުވެރިން
- ޔޫއޭއީ - 3،858 ފަތުރުވެރިން
- އިންޑިއާ - 3،418 ފަތުރުވެރިން
- ޖަރުމަންވިލާތް - 2،592 ފަތުރުވެރިން
- ޔޫކްރެއިން - 1،993 ފަތުރުވެރިން
- ފްރާންސް - 1،842 ފަތުރުވެރިން
- ސްޕެއިން - 1،805 ފަތުރުވެރިން
- ބްރެޒިލް - 1،459 ފަތުރުވެރިން
ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް 15 އެއާލައިނަކުން އަންނަނީ ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އޭގެ ތެރޭގައި އެމިރޭޓްސް އަދި ގަތަރުު އެއާވޭސްއާ އިިތިހާދު އެއާވޭސް ފަދަ މަޝްހޫރު އެއާލައިންތައް ހިމެނެއެވެ. މީގެ އިތުރުން މިއަހަރުގެ ތެރޭގައި އިތުރު ދިހަ އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރާނެ ކަމަށް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 500،000 ފަތުރުވެރިން ގެނައުމެވެ. ފިނި މޫސުމާ ދިިމާކޮށް، ގިނަ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމާއި ރާއްޖޭގެ ގެސްޓްހައުސްތައް ވެސް މިހާރު ހުޅުވާލާފައިވުމުން، މިނިސްޓްރީގެ އަމާޒަށް މިއަހަރުގެ ތެރޭގައި ވާސިލުވެވޭނެ ކަމުގެ އުންމީދު ބޮޑެވެ. އެއީ ކޮންމެ އަހަރެއްގެވެސް މި ދުވަސްކޮޅަކީ ފަތުރުވެރިކަމުގެ އޮކިއުޕެންސީ އެންމެ ރަނގަޅު ދުވަސްވަރަށް ވުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު