ޔޫކޭގައި ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު 50،000 އިން މައްޗަށް އަރައިފިއެވެ.
ޔޫކޭ ވެފައި މިވަނީ ކޮވިިޑުގައި ޔޫރަޕް ބައްރުން އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމުގެ ގޮތުގައެވެ.
ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި ކޮވިޑްގެ ކޭސްތައް ކޮންޓްރޯލް ނުވެ ފެތުރެމުންދާއިރު ބައެއް ގައުމުތަކުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅަފައެވެ.
ޔޫކޭ އިން ވެސް ވަނީ ކޮވިޑުން ރައްކާތެރި ވުމުގެ ފިޔަވަޅެއްގެ ގޮތުން ގައުމު ލޮކްޑައުން ކޮށްފައެވެ. އެ ގައުމުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 595 މީހުން މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކާއިރު މިހާތަނަށް މަރުވި ޖުމްލަ އަދަދު ވަނީ 50،365 އަށް އަރާފައެވެ.
ޔޫކޭ އިން ވޭތުވެދިޔަ 24 ގަޑިއިރު ކޮވިޑްގެ 22،000 ކޭސްފެނިފައިވާއިރު އެގައުމުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1.26 މިލިއަނަށް އަރައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ