ފުލުހުން ކަމަށް ބުނެ ތިން މީހަކު ބަނުމަށްފަހު، ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި މަޖީދީމަގުގައި ހުންނަ "ފަރިވާ ސްޓޭ 3" އަށް ތިން މީހަކު ވަދެ، ޕޮލިސް އިންޓެލިޖަންސުން ކަމަށް ބުނެ ފޭރުނު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ ތިން މީހުން އެތަނަށް ވަދެ، ތިން މުވައްޒަފަކު ކްލިޕް އަޅުވައި ބަނުމަށްފަހު ފޭރިގަނެގެން ބައެއް ތަކެތި ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު