ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ޓެރަރިޒަމްގެ އަމަލަކާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ޓެރަރިޒަމްގެ އަމަލަކާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަނެއްގައި އެ އަމަލު ހުއްޓުވާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ކުރިއަށްގެންދާ އެ އޮޕަރޭޝަނުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަނީ މާލެ އާއި މާލެ އަތޮޅު ކަނޑިމަތީގައި އަދި ތ. ތިމަރަފުށީގައި ކަމަށާއި މިހާތަނަށް މާލެއިން މީހަކު، ކަނޑުމަތީ އޮތް ދޯންޏަކުން ތިން މީހަކު އަދި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ޓެރަރިޒަމްގެ އަމަލުތައް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން މީގެ ކުރިން ވެސް ސިފައިންނާ ގުޅިގެން ފުލުހުން ވަނީ އޮޕަރޭޝަންތައް ހިންގައިފައެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ ތެރޭގައި ރ. މަޑުއްވަރީގައި ސަލާމަތީ ބާރުތަކުން ވަނީ އޮޕަރޭޝަނެއް ހިންގައި، ބަޔަކު ހައްޔަރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު